މެއިންޑޭޓް


ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
      މާލެ،
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ މެންޑޭޓް

  • ރާއްޖޭގެ ނެޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފްތަރު ބެލެހެއްޓުން.
  • އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފްތަރު ބެލެހެއްޓުން.
  • ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.
  • ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އާންމުކުރާ ފަރާތްތައް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ހޭލުންތެރި ކުރުން.
  • ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އިން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް މި ޤާނޫނުގައި ބަޔާންކުރާ ގިންތިތަކަށް ފެތޭގޮތަށް ޢާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅައި، ޢާންމުކުރުން.
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް ޢާންމުކުރެވެނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް ޢާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުން.
  • މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.
  • ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި މި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  • މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް ޢާންމުކުރުމުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.