G PG 12+ 15+ 18+ 18+R PU
National Bureau of Classification

G


General  
 

ހުރިހާ އުމުރުފުރައަކަށް ހުއްދަ ދަރަޖަ    

 

(ހ)

ވާހަކަ ނުވަތަ މެސެޖް

 

ބިރުގަނެ ނުވަތަ ޖެހިލުންވާންޖެހޭ ނުވަތަ ހާސްވާންޖެހޭ އެއްވެސް ބައެއް ނުހިމެނޭނެއެވެ.

           

 

 

(ނ)

އަނިޔާވެރި ޢަމަލު:

 

އަނިޔާވެރި ޢަމަލެއް ނުހިމެނޭނެއެވެ. އަދި 12 އަހަރުން ދަށުގެ ކުދިންބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ އެއްވެސް ބައެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ނ)

ޖިންސީ ޢަމަލު:

 

ޖިންސީ އެއްވެސް ޢަމަލެއް ނުހިމެނޭނެއެވެ.

           

 

 

(ރ)

ވާހަކައިގެ ހަރުކަށިކަން:

 

ދައްކާ ވާހަކައިގައި އެއްވެސް ހަރުކަށިކަމެއް ނުހިމެނޭނެއެވެ. އަދި 12 އަހަރުންދަށުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބަސްބަހެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ބ)

ޑްރަގް
ބޭނުންކުރުން:

 

ޑްރަގްބޭނުންކުރާ އެއްވެސް މަންޒަރެއް ނުހިމެނޭނެއެވެ.

           

 

 

(ޅ)

ހަށިގަނޑު ހާމަކުރުން:

 

ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

           

 

 

(ކ)

ދީން:

 

12 އަހަރުންދަށުގެ ކުދިންނަށް އެކަށީގެންނުވާ މިންވަރަކަށް އިސްލާމްދީނުގެ މަޢުލޫމާތެއް ނުހިމެނޭނެއެވެ.