G PG 12+ 15+ 18+ 18+R PU
National Bureau of Classification

18+


General  
 

އަށާރަ އަހަރުން މައްޗަށް ހުއްދަ ދަރަޖަ    

 

(ހ)

ވާހަކަ ނުވަތަ މެސެޖް

 

ބިރުގަނެ ނުވަތަ ޖެހިލުންވާންޖެހޭ ނުވަތަ ހާސްވާންޖެހޭ ބައިތައް 18 އަހަރުންމަތީގެ މީހުންނަށް އެކަށީގެންވާ މިންވަރަށް ހިމެނޭނެއެވެ.

           

 

 

(ނ)

އަނިޔާވެރި ޢަމަލު:

 

އަނިޔާވެރި ޢަމަލު 18 އަހަރުންމަތީގެ މީހުންނަށް އެކަށީގެންވާ މިންވަރަށް ހިމެނޭނެއެވެ. އަދި ބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ މަންޒަރު އުމުރާ އެކަށީގެންވާ މިންވަރަށް  ހިމެނޭނެއެވެ.

           

 

 

(ނ)

ޖިންސީ ޢަމަލު:

 

ޖިންސީ މަންޒަރު 18 އަހަރުންމަތީގެ މީހުންނަށް އެކަށީގެންވާ މިންވަރަށް ހިމެނޭނެއެވެ. ނަމަވެސް ޖިންސީ އެއްވެސް ޢަމަލެއް ނުހިމެނޭނެއެވެ.

           

 

 

(ރ)

ވާހަކައިގެ ހަރުކަށިކަން:

 

ދައްކާ ވާހަކައިގައި ހަރުކަށިކަން ހިމެނޭނެއެވެ. އަދި ޖިންސީ ޢަމަލަކާ ބެހޭގޮތުން ޖިންސީ މާނައެއް ދޭހަވާފަދަ ވާހަކަވެސް ހިމެނޭނެއެވެ.

           

 

 

(ބ)

ޑްރަގް
ބޭނުންކުރުން:

 

ޑްރަގްބޭނުންކުރާ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް އެކަމަށް ހިތްވަރުދީ ނުވަތަ އެކަމަކީ ރަނގަޅު، މޮޅު، މަޖާކަމެއްކަމަށް ދައްކާ އެއްވެސް ބައެއް ނުހިމެނޭނެއެވެ.

           

 

 

(ޅ)

ހަށިގަނޑު ހާމަކުރުން:

 

ޝަވަރ ކަރޓްން ފަދަ ހުރަހަކާއެކު ފޭރާންނެތި ހުންނަކަމަށް ދައްކުވާ މަންޒަރު ހިމެނޭނެއެވެ. ނަމަވެސް ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

           

 

 

(ކ)

ދީން:

 

ރާއްޖޭގައި ހުއްދަކުރާ މިންވަރަކަށް އިސްލާމްދީނުގެ މަޢުލޫމާތު ހިމެނޭނެއެވެ.