G PG 12+ 15+ 18+ 18+R PU
National Bureau of Classification

15+


General
 

ފަނަރައަހަރުން މައްޗަށް ހުއްދަ ދަރަޖަ

 

(ހ)

ވާހަކަ ނުވަތަ މެސެޖް

 

ބިރުގަނެ ނުވަތަ ޖެހިލުންވާންޖެހޭ ނުވަތަ ހާސްވާންޖެހޭ މިންވަރު 15 އަހަރާއި 18 އަހަރުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރަކަށް ނުހިމެނޭނެއެވެ.

           

 

 

(ނ)

އަނިޔާވެރި ޢަމަލު:

 

އަނިޔާވެރި ޢަމަލު ކުޑަކޮށް ހިމެނޭނެއެވެ. އަދި 15 އަހަރާއި 18 އަހަރުގެ ކުދިންބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ އެއްވެސް ބައެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ނ)

ޖިންސީ ޢަމަލު:

 

ޖިންސީ އެއްވެސް ޢަމަލެއް ނުހިމެނޭނެއެވެ.

           

 

 

(ރ)

ވާހަކައިގެ ހަރުކަށިކަން:

 

ދައްކާ ވާހަކައިގައި ކޮންމެވެސް ވަރަކަށް ހަރުކަށިކަމެއް ހިމެނޭނެއެވެ. އަދި 15 އަހަރާއި 18 އަހަރުގެކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބަސްބަހެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ބ)

ޑްރަގް
ބޭނުންކުރުން:

 

15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޑްރަގް ބޭނުންކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހޭލުންތެރިކުރުވާ މަންޒަރު ހިމެނޭނެއެވެ.

           

 

 

(ޅ)

ހަށިގަނޑު ހާމަކުރުން:

 

ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

           

 

 

(ކ)

ދީން:

 

18 އަހަރުންދަށުގެ ކުދިންނަށް އެކަށީގެންނުވާ މިންވަރަކަށް އިސްލާމްދީނުގެ މަޢުލޫމާތެއް ނުހިމެނޭނެއެވެ.