G PG 12+ 15+ 18+ 18+R PU
National Bureau of Classification

12+


General  
 

ބާރައަހަރުން
މައްޗަށް ހުއްދަ ދަރަޖަ    

 

(ހ)

ވާހަކަ ނުވަތަ މެސެޖް

 

ބިރުގަނެ ނުވަތަ ޖެހިލުންވާންޖެހޭ ނުވަތަ ހާސްވާންޖެހޭ މިންވަރު 12 އަހަރާއި 15 އަހަރުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރަކަށް ނުހިމެނޭނެއެވެ.

           

 

 

(ނ)

އަނިޔާވެރި ޢަމަލު:

 

އަނިޔާވެރި ޢަމަލު ވަރަށްކުޑަވެފައި އޭގެ ސަބަބުން އަދި 12 އަހަރާއި 15 އަހަރުގެ ކުދިން ބިރުގަނެ ނުވަތަ ޖެހިލުންވާވަރުގެ އެއްވެސް ބައެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ނ)

ޖިންސީ ޢަމަލު:

 

ޖިންސީ އެއްވެސް ޢަމަލެއް ނުހިމެނޭނެއެވެ.

           

 

 

(ރ)

ވާހަކައިގެ ހަރުކަށިކަން:

 

ދައްކާ ވާހަކައިގައި ޢާންމުގޮތެއްގައި  ހަރުކަށިކަމެއް ނުހިމެނޭނެއެވެ. އަދި 12 އަހަރާއި 15 އަހަރުގެ ކުދިންނަށް އެކަށީގެންނުވާ ފެންވަރުގެ ބަސްބަހެއްވެސް ނުހިމެނޭނެއެވެ.

           

 

 

(ބ)

ޑްރަގް
ބޭނުންކުރުން:

 

ޑްރަގްބޭނުން ކުރުން ދޫކުރެވޭނީ 12 އަހަރާއި 15 އަހަރާދެމެދުގެ  ކުދިންނަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިހުންނަ އުފެއްދުންތައް އެކަންޏެވެ. 

           

 

 

(ޅ)

ހަށިގަނޑު ހާމަކުރުން:

 

ހަށިގަނޑު ހާމަކުރާ މަންޒަރެއް ނުހިމެނޭނެއެވެ.

           

 

 

(ކ)

ދީން:

 

15 އަހަރުންދަށުގެ ކުދިންނަށް އެކަށީގެންނުވާ މިންވަރަކަށް އިސްލާމްދީނުގެ މަޢުލޫމާތެއް ނުހިމެނޭނެއެވެ.